ލޯކަލް ކައުންސިލް އިންތިހާބުގައި މާލެސިޓީން އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިވީ ކޯލިޝަންތެރޭގްނ ބޯހިޔާވަހިކަމުގެ ސިޔާސަތު ތާށިކޮށްފައި އޮތުމުން ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ މާލޭ ވޯޓުގެ ނަތީޖާ ބިނާވެފައިވަނީ ކުދި ބިންކޮޅަށް ގޯތި ދޫކުރާ ވެށިފަހިމާލޭ ޕްރޮގްރާމް މާލޭ ރައްޔިތުން ގެދޮރުވެރިކުރުވަން ސަރުކާރުން ގެންގުޅޭ ސިޔާސަތު ކޯލިޝަންތެރޭން ތާށިކޮށްގެން ގެންގުޅުމުގެ ނަތީޖާގެ މައްޗަށްކަމަށެވެ.
މާލޭ ވޯޓުގެ ނަތީޖާ ބިނާވެފައިވަނީ ކުދި ބިންކޮޅަށް ގޯތި ދޫކުރާ ވެށިފަހިމާލޭ ޕްރޮގްރާމް މާލޭ ރައްޔިތުން ގެދޮރުވެރިކުރުވަން ސަރުކާރުން ގެންގުޅޭ ސިޔާސަތު ކޯލިޝަންތެރޭން ތާށިކޮށްގެން ގެންގުޅުމުގެ ނަތީޖާގެ މައްޗަށެވެ .
"There is no rejection, there is only redirection" pic.twitter.com/eohNx03joD— Ibrahim Rasheed (@BondeM4) April 12, 2021
މި އިންތިހާބުގައި މާލޭން ވޯޓުލާން ނިކުތް މީހުންގެ އަދަދުވެސް މަދެވެ. މާލޭގައި މިފަހަރު ވޯޓުލާން ނިކުމެފައިވަނީ 51،702 މީހުންގެ ތެރެއިން އެންމެ 21،091 މީހުނެވެ. މިއީ ވޯޓު ހައްގު އާބާދީގެ އެންމެ %40 ޕަސެންޓެވެ.
މާލެސިޓީގެ މެޖޯރިޓީ މިއިންތިހާބުގައި އެމްޑީޕީއަސް ގެއްލުނު އިރު މޭޔަރުގެ ގޮނޑިންވެސް އެމްޑީޕީއަށް ކުރިމަތިވީ ނާކާމިޔާބެވެ. އިންތިޚާބުން ޑރ. މުއިއްޒު ކާމިޔާބު ހޯއްދެވީ 12،441 ވޯޓު ލިބިވަޑައިގެންނެވެ. އަނަސް އަށް ލިބިލެއްވީ 7،400 ވޯޓެވެ.