Last Updated: June 30, 19:07
Tuesday, June 30, 2026
ޚަބަރު

މިއަދު މެންދުރު، ރައީސް މީޑިއާތަކާ ބައްދަލުކުރައްވަނީ

ފޮޓޯ: ރައީސް އޮފީސް

މިއަދު މެންދުރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީޑިއާތަކާ މައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

ރައިސް އޮފީހުން މައުލޫމާތުދޭ ގޮތުގައި ރައީސް ސޯލިހް މީޑިއާތަކާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ މެންދުރު 02:30 ގައެވެ.

ލަފާކުރެވޭ ގޮތުގައި މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ލޯކަލް ކައުންސިލް އިންތިހާބާއި ގުޅޭގޮތުން ވާހަކަ ދައްކަވާނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުން އެމްޑީޕީއަށް މާލޭގެ މެޖޯރިޓީ ގެއްލި މޭޔަރުކަންވެސް ވަނީ ގެއްލިފައެވެ. އެހެންނަމަވެސް އެހެންސިޓީތަކާއި އެހެން ރަށްރަށުގެތެރެއިން ހިނގަ ގޮނޑިތައް ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީންނެވެ.