Last Updated: July 24, 15:14
Friday, July 24, 2026
ޚަބަރު

ރައީސް ފަރުވާއަކަށް ސިންގަޕޫރަށް

ރައީސް ޑރ. މުޙަންމަދު ވަޙީދު، ޞިއްޙީ ފަރުވާއަކަށް ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅެއްގައި، ރޭ ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ ބޭފުޅުންނާ ބައްދަލުކޮށްލެއްވުމަށް ހޮންކޮންގަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.