Last Updated: June 30, 19:07
Tuesday, June 30, 2026
ޚަބަރު

ކޮރަޕްޝަނަށް ޖާގަ ނުދޭނަން: ރައީސް ސޯލިހް

ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ތެރެއިން ކޮރަޕްޝަނަށް ޖާގަ ނުދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުގެ ތެރެއިން ކޮރަޕްޝަނަށް ޖާގަ ނުދެއްވާނެ ކަމަށެވެ.

ކޮރަޕްޝަނަކީ ގިނަ ދުވަސްތަކެއް އަށަގަނެފައިވާ ކަމެއްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އެކަން ފިލުވަން ކުރަން ޖެހޭ ބައިވަރު މަސައްކަތް އެބަހުރި ކަމަށެވެ.

އަދި ފުރުސަތު ދެމުން އަންނަނީ މިނިވަން މުއައްސަސާތަކަށް އެފަރާތްތަކުގެ މައްސޫލިޔަތު މިނިވަން ކަމާއެކު އަދާކުރުމުގެ ފުރުސަތު ދިނުމަށްކަމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ހާއްސަކޮށް ވެންޓިލޭޓަރުގެ މައްސަލައިގައިވެސް ސަރުކާރުން އޮތީ މިނިވަން މުއައްސަސާތަކަށް ދޭންޖެހޭ އެއްބާރުލުން ދޭންކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެހެންނަމަވެސް އެ މުއައްސަސާތައް ހިންގުމުގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބަންޑާރަނައިބު މެދުވެރިކޮށް ވެންޓިލޭޓަރުގެ މައްސަލައިގައި ދެންކުރެވެން ހުރީ ކޮންކަމެއްތޯ ބަލަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.