Last Updated: June 30, 19:07
Tuesday, June 30, 2026
ޚަބަރު

"ވެންޓިލޭޓަރަށް" ރައީސް ނަޝީދާ އަޅުގަނޑާ ދެމީހުންގެ ދޭތެރެއަށް ނުވަދެވޭނެ: ރައީސް ސޯލިހް

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެބޭފުޅުންގެ ދޭތެރެއަށް "ވެންޓިލޭޓަރަށް" ނުވަދެވޭނެ ކަމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ތަފާތު ހިޔާލުތަކާއެކު ކުރިއަށްދާ ޕާޓީއެއް ކަމަށެވެ.

އެހެންނަމަވެސް "ވެންޓިލޭޓަރަކަށް" ރައީސް ނަޝީދާއި އެމަނިކުފާނާ ދެމެދަށް ނުވަދެވޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީއަށް ވެސް އަދި ޤައުމަށްވެސް އެދެބޭފުޅުންގެ ދެމެދުގައި ހިނގާދާ ހިޔާލުތަފާތުވުމެއްގެ ސަބަބުން އަސަރު ނުކުރާނެ ކަމަށެވެ. އަދި ޤައުމަށްވެސް އަދި ޕާޓީއަށްވެސް ދެރަވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވާއިރު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި ދެ ރައީސުންގެ މެދުގައި ކޮންމެވެސް ވަރަކަށް ހިޔާލުތަފާތުވެފައިވާކަމަށެވެ. އަދި މާލެސިޓީ ކައުންސިލް އިންތިހާބުން ބަލިވި ސަބަބު ދެނެގަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.