Last Updated: June 30, 19:07
Tuesday, June 30, 2026
ޚަބަރު

އެމްޑީޕީ މެމްބަރުންނަށް މިހާރުވެސް ވަޒީފާ ދެވިއްޖެ، އަދިވެސް ދެވޭތޯ ބަލާނަން: ރައީސް

ފޮޓޯ: ރައީސް އޮފީސް

އެކަށީގެންވާ ވަރަށް އެމްޑީޕީގެ މެމްބަރުންނަށް ވަޒީފާ ދެވިފައިވާ ކަމަށާއި، އަދިވެސް ދެވެން އޮތްތޯ ބައްލަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ވަޒީފާގެ މައްސަލަ އެމްޑީޕީގެ ތެރޭގައި އެބަ އޮތް ކަމަށެވެ.

"އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކަށް ވަޒީފާ ނުލިބިގެން އެކަމުގެ ކަންބޮޑުވުން ފާހަގަކުރޭ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޖާގަ ހުރިވަރު ބަލާ އެކށީގެންވާ ވަރަކަށް އެމްޑީޕީގެ ފަރާތްތަކަށްވެސް ވަޒީފާ ދެވިފައިވާކަމަށާއި އަދިވެސް ބަލާނެ ކަމަށެވެ.

އަދި ކޮލިފައިޑް ފަރާތްތަކަށް ވެސް ވަޒީފާ ދީފައިވާނެކަމަށާއި، އަދި ހާއްސަކޮށް ބޯޑުތަކަށް އައްޔަނުކޮށްފައިވާނީ ކޮލިފައިޑް ފަރާތްތައް ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވި އެމަނިކުފާނު ނަން ފޮނުވިނަމަވެސް އިތުރަށް ބަލާ މުއައްސަސާއެއް އޮންނަކަމަށާއި، މަގާމުތަކަށް މީހުން އައްޔަނުކުރަނީ އެފަރާތްތަކުންވެސް ބެލުމަށް ފަހު ކަމަށެވެ.