Last Updated: April 20, 09:47
Saturday, April 20, 2024
ޚަބަރު ސިޔާސީ

ޑރ. ޖަމީލް އެމްޑީޕީއަށް: ވޯޓުދިން ރައްޔިތުންނަށް މަލާމާތްކުރުން ހުއްޓާލައްވާ!

ޑރ. މުހައްމަދު ޖަމީލް އަހުމަދު-- ފޮޓޯ: އަވަސް

އެމްޑީޕީއަށް ވޯޓުދިން ރައްޔިތުންނަށް މަލާމާތްކުރުން ހުއްޓާލުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފިއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުން ހުރިހާ ނުފޫޒެއް ފޯރުވައިގެންވެސް ލިބުނީ 30 އިންސައްތަ ވޯޓު ކަމަށެވެ.

އަދި ވެރިކަމުގައި ބޮޑުކުރެވުނީ ހަމައެކަނި "އަންބޮޑިއާއި ވައްކަން" ކަމަށްވެސް ޖަމީލް ވިދާޅުވެފައިވެއެވެ.

"މާލެހިމެނޭ ގޮތަށް އެތައް ރައްޔިތުން އެމްޑީޕީީގެ އަތްދަށުން ސަލާމަތްވެގަތީ އެހެންވެ. ކާމިޔާބަކަށްވީ އެކަންތޯ؟ ވޯޓުދިން ރައްޔިތުންނަށް މަލާމާތްކުރުން ހުއްޓާލައްވާ." ޑރ ޖަމީލްގެ ޓްވީޓްގައިވެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުން ސަރުކާރަށް ކާމިޔާބީ ލިބުނު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް ސޯލިހް ވިދާޅުވީ މިހާތަނަށް ގުނުނު ވޯޓު ފޮށިތަކުގެ ނަތީޖާ ދައްކާގޮތުން އެމްޑީޕީއަށް 47 އިންސައްތަ ގޮނޑި ލިބިފައިވާކަމަށާއި، މިޓް-ޓާމް އިންތިހާބަކަށް ބަލާއިރު މިއީ މިހާތަނަށް ސަރުކާރަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.