Last Updated: June 30, 19:07
Tuesday, June 30, 2026
ޚަބަރު

ރޯދަ މަހު ވެކްސިން ޖެހުން ރޭގަނޑު 9 އިން 11 އަށް

ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ރޯދަ މަހު ޖަހައިދޭނީ ރޭގަނޑު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ރޯދަ މަހު ވެކްސިން ޖަހާނީ ރޭގަނޑު 9:00 އިން 11:00 އަށް ހަތް ސެންޓަރަކުން ކަމަށެވެ. އެހެންނަމަވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހު ވެކްސިން ސެންޓަރުތައް ބަންދުވާނެ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދީފައިވެއެވެ

އެޗްޕީއޭއިން ބުނެފައިވަނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ހަ ސެންޓަރެއްގައި ދޭނެ ކަމަށެވެ. އެގޮތުން ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރާއި ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ސެނެހިޔާގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭނެ ކަަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އަދި ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ރާއްޖެއިން މިހާތަނަށް ޖުމުލަ 273،660 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. އަދި 25،369 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވެއެވެ.