Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު އިލެކްޝަން ކޮމިޝަން

ބައެއް ވޯޓު ފޮށިތައް އަލުން ގުނަނީ

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ބައެއް ވޯޓު ފޮށިތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އީސީން ބުނީ އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް އަލުން ގުނުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން ވޯޓު ފޮށިތައް އަލުން ގުނުމަށް ހަމަޖެހިފައިވަނީ މެންދުރު 01:30 ގައި ބާޖަމާލުއްދީންގައި ކަމަށްވެސް އީސީން މައުލުމާތުދެއެވެ. އަދި އެ ފޮށިތަކާއި ގުޅުންހުރި ކެނޑިޑޭޓުންނަށް އެސްއެމްއެސްކޮށް އެ ފޮށިތައް ގުނާ ގަޑިއަށް އައުމަށް ދައުވަތު ދީފައިވާކަމަށް އީސީން މައުލުމާތުދެއެވެ.

ބައެއް ފޮށިތައް އަލުން ގުނުމަށް އީސީން ނިންމާފައިވާއިރު ގުނުމަށް ނިންމާފައިވަނީ ކިތައް ވޯޓު ފޮށި ކަމަށް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.