އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބު "ވަގަށް ނަގާކަމަށް" އިދިކޮޅު ޕީޕީއެމްގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާން ޑރ. އަބްދުﷲ ޚަލީލް ތުހުމަތު ކުރައްވައިފިއެވެ.
ޑރ. ޚަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފ. މަގޫދޫގެ ކައުންސިލަށް ކުރިމަތިލި އެމްޑީޕީގެ ކެނޑިޑޭޓަސް ކުރި ހޯދައިދިނުމަށް ނަތީޖާ އޮޅުވާލާފައިވާކަމަށެވެ.
އެގޮތުން މަގޫދޫގެ ނަތީޖާ ދެ ފޮށްޓަކަށް އެންޓާ ކޮށްފައިވާކަމަށް ޑރ. ޚަލީލް ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި އެކަމަކީ އިންތިހާބު ވަގަށް ނެގުމުގެ ގޮތުން ކުރާ ކަމެއްކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.
Inthikhaabu mioh naganee vagah. MDP Candidate ah kuri hoadhaa dhinumah F. Magoodhoge natheejaa dhefottakah enterkoffa. Mi dhen thankolheh boduvaru. @Mihaarunews @VaguthuOnline @rasonlinemv @dhenonline @sunbrk @Ch13official @Sangu_tv @tvmaldives pic.twitter.com/faOBe3jKh4
— Dr. Abdulla Khaleel (@abkhaleel) April 13, 2021
ބައެއް ކަންކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެ އީސީން އަންނަނީ ބައެއް ފޮށިތަށް އަލުން ގުނަމުންނެވެ. އެގޮތުން 18 ފޮށްޓެއް އަލުން ގުނުމަށް ނިންމާފައިވާ ކަމަށް އީސީން މައުލޫމާތުދެއެވެ.