Last Updated: July 22, 18:06
Wednesday, July 22, 2026
ކުޅިވަރު

ރާމޯސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ރެއާލް އިން ބުނީ އެންމެފަހުން ހެދި ކުޅުންތެރިންގެ ކޮވިޑްގެ ޓެސްޓުތަކުން ރާމޯސް ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ރާމޯސް ކޮވިޑަށް ޕޮޒިޓިވް ވިއިރު އޭނާ މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ. އެގޮތުން ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އެއް މަސް ދުވަހަށް ރާމޯސް ވަނީ ކުޅުމާ ދުރުގައި ހުންނަން ޖެހިފައެވެ.

ރާމޯސްގެ އިތުރުން މިދިޔަ ހަފްތާގައި ރެއާލްގެ ޑިފެންޑަރު ރަފޭލް ވަރާން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ރެއާލް އިން މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އަދި ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ކުޅެފައެއް ނުވެއެވެ.

މުހިއްމު ގިނަ ކުޅުންތެރިންނާއި ނެތް ނަމަވެސް ރެއާލް އިން ވަނީ އެ ދެ މެޗު ވެސް ކާމިޔާބުކޮށްފައެވެ.