Last Updated: July 24, 15:14
Friday, July 24, 2026
ސިއްހަތު

ކްރޭންބެރީ: ކޮބާ ފައިދާއަކީ؟

ކްރޭންބެރީއަކީ ކުޑަކަމުދާ ހޮޅީގައި ޖަރާސީމު އަށެގަނަ ނުދޭ މާއްދާއެއް ހުންނަ އެއްޗެކެވެ.

އެހެންކަމުން ކްރޭންބެރީއަކީ ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަންތަކުން (ބަލިތަކުން) ސަލާމަތްކޮށް ދިނުމަށް އެހީވެދޭ އެއްޗެކެވެ.

ކްރޭންބެރީ ކޮކްޓެއިލްގައި ހަކުރުގެ މިންވަރު ހުންނަލެއް ގިނަކަމާ އެކު، ކްރޭންބެރީ ޖޫހަށް ފެން އަޅައިގެން ނުވަތަ އޭގައި ހަކުރު ނުހުންނަ ވައްތަރުތައް ބަލައިގެން ބޭނުން ކުރާށެވެ.

ކްރޭންބެރީ ތާސީރު ހުންނަ ކެޕްސޫލް ވެސް ރަނގަޅުވާނެ އެވެ.