އިންތިހާބެއްގައި ވޯޓު ފޮށްޓެއް އަލުން ގުނުމަކީ މައްސަލައެއް ނޫންކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދް މިފަދައިން ޓްވީޓް ކުރައްވާފައިވަނީ 18 ވޯޓު ފޮށްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އެ ތަނަށް އިދިކޮޅު ފަރާތްތަކުން އެއްވެ ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރުމުންނެވެ.
ނިހާދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ވޯޓު ފޮށްޓެއް އަލުން ގުނުމަކީ މައްސަލައެއް ނޫންކަމަށާއި، އަދި އެއީ އަލަށް ކުރާކަމެއް ވެސް ނޫން ކަމަށެވެ.
"މަކަރު ހަދާ ވައްކަން ކޮށްފަ އޮތީމަތޯ، އެއްފަހަރު އަލުން ގުނާލަން ހުރަސް އަޅަނީ؟" ނިހާދްގެ ޓްވީޓްގައިވެއެވެ.
Vote fotteh alun gunhumakee massala eh noon! Eiee abadhuves kuraa kameh! Makaru hadhaa vakkan kohfa otheem thoa, eh faharu alun gunhaalan huras alhanee?
— Feydhoo Meehaa (Mohamed Nihad) (@nihad_m) April 13, 2021
އީސީން މިއަދު 18 ފޮށްޓެއްގެ ވޯޓު އަލުން ގުނުމަށް ނިންމުމުން އިދިކޮޅު ފަރާތްތަކުން ވަނީ އިންތިހާބީ މަރުކަޒު ބާޖަމާލުއްދީނަށް ވަދެ މުޒާހަރާކޮށްފައެވެ. އަދި އެފަރާތްތައް އެތަނުން ނުނެރެ ގިނައިރު ވީކަމަށްބުނެ ރައިސް ނަޝީދު އެސަރަހައްދަށް ވަޑައިގަތުމުން މައްސަލަ އިތުރަށް ހޫނުވެ އެމަނިކުފާނު ވެސް ވަނީ އެސަރަހައްދު ދޫކޮށް ވަޑައިގެންފައެވެ. އަދި ފަހުން ފުލުހުން ވަނީ ބާޖަމާލުއްދީނުން އިދިކޮޅު ފަރާތްތައް ނެރެފައެވެ.