Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

މަރާމާރީއަކާއި ގުޅިގެން މީހަކު ހޯދަނީ

ލ.ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީ މައްސަލަ އަކާއި ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އާއްމުކޮށް އިއްލާންކޮށްފިއެވެ.

ފުލުހުން ހޯދަން އިއްލާންކޮށްފައިވަނީ ލ.ގަން. ތުނޑި، އިހުރާމުގެ، ޙުސައިން ސުޢޫދު (28އ)އެވެ.

ފުލުހުން ބުނީ ސުއޫދު އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް އޭނާއަށް ރައްދުކުރެވިފައިނުވާ ކަމަށެވެ. އެހެންވެ ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއްލާން ކުރީކަމަށެވެ.

ފުލުހުން ވަނީ ސުއޫދު 2021 އޭޕްރިލް 21 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ލ. ގަން ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގާފައެވެ.