ޒިކުރާ މިސްކިތް ހުރި ބިމުގައި ވަރަށް އަވަހަށް ވަގުތީ މިސްކިތް އެޅޭނެ ކަމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުމަށް އެސަރަހައްދު ކޮންނަނިކޮށް ގަބުރު އަދި އާސާރީ ބައެއް ތަކެތި ފެނުމުން ހެރިޓޭޖް މިނިސްޓްރީން އަންނަނީ އެ ސަރަހައްދު ޗެކް ކުރަމުންނެވެ. އަދި އެކަމުގެ ސަބަބުން ވަގުތީ މިސްކިތް އެޅުން އަންނަނީ ލަސްވަމުންނެވެ.
އިސްލާމިކް މިނިސްޓަރު ޒާހިރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޒިކުރާ މިސްކިތްހުރި ބިން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ދީނީ އިލްމުވެރިން ބައްލަވާފައިވާ ކަމަށެވެ.
އަދި ވަރަށް އަވަހަށް އެތަނުގައި ވަގުތީ މިސްކިތް އަޅާ ނަމާދުކުރަން ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
Zikra miskith huri bin saafu kurumuge masahkai kuriah dhiya goi bahlavaa lehvumah baeh ilmuverin site ah ziyaarai kurehvi. Varah avahah vaguthee miskith alhaa, namaadu kuran feshea varu vaane. In Shaa Allah. pic.twitter.com/N6kcqkBBOr
— Ahmed Zahir Ali (@AhmedZahirAli) April 14, 2021