Last Updated: June 30, 19:07
Tuesday, June 30, 2026
ޚަބަރު

އުސޫލަށް ނުފެތޭ ކުނި ނެރެފައި ބަހައްޓާތީ ވެމްކޯގެ ކަންބޮޑުވުން

ވެމްކޯ އިން ކުނި ނެގުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އަވަސް (އަހުމަދު ޝުރާއު)

އުސޫލަށް ނުފެތޭ ކުނި މާލޭ މަގުތަކަށް ނެރެފައި ބަހައްޓާތީ ވެމްކޯއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނި އޭޕްރިލް 12 އަދި 13 ވަނަ ދުވަހުން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައިވާ މައްސަލަތަކެއް އެ ކުންފުންނަށް ލިބިފައިވާ ކަމަށެވެ.

ވެމްކޯއިން ބުނެފައިވަނީ އެ ކުންޏަކީ އެކުންފުނިން ގޭބިސީތަކަށް ފޯރުކޮށްދޭ ދުވަހު ކުނި ނެގުމުގެ އުސޫލަށް ނުފެތޭ، ބަރު އަދި ބޮޑެތިކުނިކަން ފާހަގަކުރެވިފައިވާކަމަށެވެ.

ގޭގޭ ގެ ތިރީ ފަންގިފިލާއިން ކުނި ނަގަމުންދަނީ ކޮވިޑް-19 އާ ގުޅިގެން ނިންމާފައިވާ ހާއްސަ އުސޫލެއްގެ ދަށުންކަން ފާހަގަކޮށް ވެމްކޯގެ ބަޔާނުގައި ބުނެފައިވަނީ އެ ހާއްސަ އުސޫލުގެ ނާޖައިޒު ފައިދާ ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީ ނުކޮށްހުރި ވިޔަފާރިތަކުންނާއި ގޭބިސީތަކުން ނަގަމުން އަންނަކަމަށެވެ. އަދި މިފަދަ އަމަލުތަކަކީ އެ ކުންފުނިން ނުހަނު ކަންބޮޑުވާ އަދި ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަންކަން ކަމުގައި ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ވެމްކޯއިން ބުނެފައިވަނީ ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކުންފުނިން ފޯރުކޮށްދޭ އަގުހެޔޮ ޕިކަޕް "ކެޕްސް"ގެ ހިދުމަތް ހަފްތާގެ ކޮންމެ ދުވަހަކު ލިބޭނޭގޮތަށް އިންތިޒާމުތައްރާވައިފައިވާ ކަމަށެވެ.