Last Updated: June 30, 19:07
Tuesday, June 30, 2026
ޚަބަރު

ޗައިނާއިން ނިޒާރަށް މަރުހަބާ ކިޔައިފި

ޗައިނާއިން އައްޑޫސިޓީ މޭޔަރުގެ މަގާމަށް އިންތިހާބުވި އަލީ ނިޒާރަށް މަރުހަބާ ކިޔައިފިއެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ކުރި ޓްވީޓުގައި ބުނެފައިވަނީ ނިޒާރަށް އެ ގައުމުން މަރުހަބާ ދެންނެވީ އެ އެމްބަސީ ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި ޔޫ ޒުއެންގް ކުރެއްވި ފޯން ކޯލަކުން ކަމަށެވެ. އަދި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް އެ ދެ ބޭފުޅުން އެ ފޯން ކޯލްގައި މަޝްވަރާ ކުރެއްވި ކަމަށް ޗައިނާ އެމްބަސީންގެ ޓްވީޓުގައި ބުނެފައިވެއެވެ.

އައްޑޫސިޓީގެ މޭޔަރުގެ އިންތިހާބު އަލީ ޒިޔާރު ކާމިޔާބު ކުރައްވާފައިވާފައިވަނީ ދެ ކެނޑިޑޭޓުންނާއި ވާދަކޮށެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން އަލީ ނިޒާރަށް 7432 ވޯޓު ލިބުނު އިރު ޕީޕީއެމް ޓިކެޓުގައި ވާދަކުރެއްވި މުހައްމަދު ލަތީފަށް 4226 ވޯޓު ލިބިފައިވެއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހިމް ތާހިރަށް 345 ވޯޓު ލިބިފައިވެއެވެ.