Last Updated: June 30, 19:07
Tuesday, June 30, 2026
ޚަބަރު

އެމްޑީޕީ އޮފީސް ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

އެމްޑިޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ތިން މީހުން ހައްޔަރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 23 އަހަރާއި 24 އަހަރުގެ އިތުރުން، 36 އަހަރުގެ ފިރިހެނެއްކަމަށެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހު އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑު ތާޅާލާފައިވަނީ ބާޖަމާލުއްދީނުގައި ހިނގާދިޔަ ކަންތައްތަކަށް ފަހުއެވެ. އެދުވަހު ބާޖަމާލުއްދީނަށް އިދިކޮޅު ފަރާތްތައް ވަދެ އިހުތިޖާޖު ކުރަން ފެށުމާއި ގުޅިގެން ރައިސް ނަޝީދު އަދި އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ވަނީ ބާޖަމާލުއްދީނަށް ގޮސްފައެވެ. އަދި ރައީސް ނަޝީދު އެތަނަށް ވަޑައިގަތުމުން މަސްރަހު ހޫނުވެ.، ފަހުން ރައިސް ނަޝީދު ވަނީ އެ ސަރަހައްދު ދޫކޮށް ވަޑައިގެންފައެވެ.