Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ޑރ. މުޒްނީ ހުޅުދޫގައި އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފި

ޑރ. އަލީ މުޒްނީ ހުޅުދޫގައި އިމާރާތްކުރުމަށް ނިންމާފައިވާ ޒަމާނީ މިސްކިތިގެ ބިންގާ އަޅައިފިއެވެ.

އިއްޔެ ހުޅުދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވާ ދެއްވީ ޑރ. އަލީ މުޒްނީ އާއި އައްޑޫގެ މޭޔަރ އަބްދުﷲ ސޯފިގު (ސޯބެ) އިތުރުން އައްޑޫގެ އިންތިހާބީ މޭޔަރ އަލީ ނިޒާރުގެ އިތުރުން ޑރ. އަލީ މުޒްނީގެ އާއިލާގެ ބޭފުޅުންނެވެ.

ހުޅުދޫ މާފިށި ސަރަހައްދުގައި އިމާރާތް ކުރާ މި މިސްކިތް ބިނާ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ 10،000 އަކަ ފޫޓުގެ ބިމެއް ހަމަޖައްސާފައެވެ.

ދެ ބުރިއަށް އިމާރާތް ކުރާ މި މިސްކިތުގައި ކުލާސްރޫމުތަކާއި ލައިބްރަރީއެއްގެ އިތުރުން އަންހެން ނަމާދުކުރުމަށް ޚާއްޞަ ބައެއް ވަނީ ހިމަނާފައެވެ.