Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ކޮވިޑު ޖެހިގެން އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލް - ފޮޓޯ: މުހައްމަދު އަފްރާހް (ސަން)

ކޮވިޑު-19 އަށް ފަރުވާ ދެމުން ދިޔަ އުމުރުން 82 އަހަރުގެ މީހަކު މިއަދު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ދިވެހި އަންހެނަކު މިއަދު ހެނދުނު 11:12 ގައި ނިޔާވެފައިވާ ކަމަށެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 68 ވަނަ މީހާއެވެ.

ކޮވިޑު-19ގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ ވެސް ވަނީ 95 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ރާއްޖޭގައި މިހާރުވެސް ކޮވިޑު އެކްޓިވް 2629 ކޭސް ހުރިކަމަށް އެޗްޕީއޭއިން ބުނެއެވެ.