Last Updated: June 30, 19:07
Tuesday, June 30, 2026
ޚަބަރު

ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ބަންދަށް 5 ދުވަސް

މާލޭގައި އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުންގެ ބައްދަށް 5 ދުވަސް ޖަހައިފި އެވެ.

ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގިކަމަށް ރިޕޯޓްކޮށްފައިވާ މި ރޭޕްގެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަސް ވަނީ ޖަހާފައެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ދެމީހުންނަކީ ކުށުގެ ރިކޯޑް އޮންނަ ދެމީހުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.