ޑޮލަރު ދޭނެ ކަމަށްބުނެ މަކަރު ހެދި މައްސަލައަކާ ގުޅިގެން ތަހުގީގަށް ހާޒިރުކުރަންޖެހޭ މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
އެގޮތުން ފުލުހުން އިއުލާނުގެ ތަހުގީގަށް ހާޒިރުވުމަށް އެދި އިއުލާނު ކޮށްފައިވަނީ މއ. ހަނީސަކްލް، ހުސައިން ޝިފާއު އެވެ.
ފުލުހުން ބުނެފައިވަނީ ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ ކަމަށެވެ.
ތަހުގީގަށް މީހުން ހާޒިރު ކުރަން ފުލުހުން އިއުލާނު ކުރަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިންނެވެ.