ކުރިއަރ މަގުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސުން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ބުނެފައިވަނީ މި ތަކެތި އަތުލައިގެންފައިވަނީ އޭޕްރިލް 17 ވަނަ ދުވަހު ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
ކަސްޓަމްސުން އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ނައިޖީރިއާއިން އެތެރެކޮށްފައިވާ 1032 ގްރާމުގެ ކޮކެއިން އަދި ޖަމައިކާއިން އެތެރެކޮށްފައިވާ 547 ގްރާމުގެ ކޮކެއިނެވެ. އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 1،579 ގްރާމު ހުރި ކަމަށް ކަސްޓަމްސުން މައުލޫމާތުދެއެވެ.
އަދި މި ތަކެތީގެ މަގުމަތީއަގު 4،737،000 ރ. އަށް އަރާނެ ކަމަށްވެސް ބުނެފައިވެއެވެ. ކަސްޓަމްސުން ބުނެފައިވަނީ އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށެވެ.