Last Updated: June 30, 17:49
Tuesday, June 30, 2026
ޚަބަރު

ދެއިރު ދެދަޅަޔަށް ނިޒާމު ބަދަލުކުރާ ވާހަކަ ދެއްކުމަކީ ހައްލެއްނޫން: އަނާރާ

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް - ފޮޓޯ: މަޖިލިސް

ވެރިކަން ހިންގާ ނިޒާމު ބަދަލު ކުރުމުގެ ވާހަކަ އަބަދު ދެއްކުމަކީ ހައްލު ނޫންކަމަށް މަޖިލީހުގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

އަނާރާ މިފަދައިން ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންފުޅުވާކަން ރައީސް ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވުމާއި ގުޅީގެންނެވެ.

އެގޮތުން ރަނާރާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ޤައުމު ހިންގުމުގެ ނިޒާމު ބަދަލުކުރާވާހަކަ ދެއިރު ދެދަޅަޔަށް ދެއްކުމަކީ ހައްލެއް ނޫން ކަމަށެވެ.

އަދި އިހްލާސްތެރި ވެރިން ތިބިނަމަ ޤައުމު ނުހިންގެންވީ ސަބަބެއްނެތް ކަމަށްވެސް އަނާރާ ވިދާޅުވިއެވެ.

ރައީސް ،ނަޝީދު ރައީސް ސޯލިހަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ބަރުލަމާނީ އަށް ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންފުޅުވާކަމަށާއި އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަަމަށް ވިދާޅުވެފައެވެ.