Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރޭޕްގެ މައްސަލަތައް އިދާރާތަކުން ދަނީ ފުންކޮށް ބަލަމުން: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރޭޕްގެ މައްސަލަތައް އިދާރާތަކުން ފުންކޮށް ބަލަމުން އަންނަކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، ހުކުރު ދުވަހު މާލޭގައި އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަގައި ދެ މީހަކު ހައްޔަރުކޮށް ފުލުހުން އެ މައްސަލަ ބަލަމުން ދާ ކަމަށެވެ.

އަދި މާޗް މަހު ރަށެއްގައި 14 އަހަރުގެ ކުއްޖަކު ވެސް ރޭޕް ކުރި މައްސަލައެއްގައި މަޖިލީގެ ކޮމިޓީތަކުން އެ މައްސަލަ ބައްލަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކަމާ ގުޅޭ އިދާރާތަކާއި އެ ކުއްޖާގެ ވަކީލުންނާއި މަޖިލީހުގެ ކޮމިޓީން މަޝްވަރާކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލައިގައި ފުލުހަކު ހިމެނޭކަމަށް މައުލޫމާތު ލިބޭތީ އެކަން އިތުރަށް ބެލިއިރު އެ މައްސަލަވެސް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބަލަމުން އަންނަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިފަދަ މައްސަލަތަކަކީ އިދާރާތަކުން ސީރިއަށްކޮށް ބަލަމުން އަންނަ ކަންކަން ކަމަށެވެ. އަދި އެމައްސަލަތައް ބަލާ ތަހުގީގުކޮށް އަދަބު ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ.