Last Updated: March 28, 17:45
Thursday, March 28, 2024
ޚަބަރު

ދުސްތޫރީ އަސާސެއްނެތި ނިޒާމް ބަދަލު ކުރުންވާނީ ބޮޑު ގޯހަކަށް: ކަމާލުއްދީން

އަބްދުالله ކަމާލުއްދީން-- ފޮޓޯ: އަވަސް

ދުސްތޫރީ އަސާސެއްނެތި ނިޒާމް ބަދަލު ކުރުންވާނީ ބޮޑު ގޯހަކަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގިނަ ދުވަސްތަކެއްވަންދެން ކެބިނެޓްގައި މަސައްކަތް ކުރެއްވި އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ވެރިކަމުގެ ރިޔާސީ ނިޒާމް ގާއިމު ކޮށްފައި އޮތީ ދުސްތޫރީ ހަމަތަކެއްގެ މަތިން ކަމަށެވެ. އެނިޒާމް ބަދަލު ކުރުމުގައި ހުރި ރިސްކްތައް ނުބަލާ ދުސްތޫރީ އަސާސެއްނެތި ނިޒާމް ބަދަލު ކުރުންވާނީ ބޮޑު ގޯހަކަށް ކަމަށްވެސް ކަމާލުއްދީން ވިދާޅުވިއެވެ.

އަދި ކަމާލުއްދީން ވިދާޅުވީ މިހާރު ހުރި މައްސަލަތަކަކީ ވެރިކަމުގެ ނިޒާމާ ގުޅިފަހުރި މައްސަލަތަކެއް ނޫން ކަމަށެވެ.

ކަމާލުއްދީން މިފަދައިން ޓްވީޓް ކުރައްވާފައިމިވަނީ ބަރުލަމާނީ އަށް ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންފުޅުވާކަން ރައީސް ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވުމާއި ގުޅީގެންނެވެ.

ނަޝީދު، ރައީސް ސޯލިހަށް މިގޮތަށް ދެންނެވީ އިއްޔެ ހަވީރު އެމަނިކުފާނަށް ފޮނުއްވި މެސެޖެއްގައެވެ. އެގޮތުން އެ މެސެޖްގައި ނަޝީދު ވަނީ އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަަމަށް ވިދާޅުވެފައެވެ. މިކަން މިގޮތަށް ކުރެވޭނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްގެންނެވެ.

އެގޮތުން ނަޝީދު ވަނީ އަންނަ އަހަރު ފެބްރުއަރީ މަސް ތެރޭގައި ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށް އެ މެސެޖުގައި އެދިވަޑައިގެންފައެވެ. އަދި 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ނުބޭއްވުމަށްވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން 2024 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރު ގާނޫނުގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ވެސް ނަޝީދު ވަނީ އެ މެސެޖު ފޮނުއްވައިފައެވެ.