Last Updated: June 8, 11:47
Monday, June 8, 2026
މީހުން

ފަހުމީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މަރަދޫ ދާއިރާ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ކ) އާ އެކު ފަހުމީ .

ސ. ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ފުލުހުންގެ ބެލުމުގެ ދަށުން މިއަދު ކޯޓަށް ހާޒިރުކޮށް ދޭން ފުލުހުންގެ މައްޗަށް ނެރުނު އަމުރާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ ދެކުނު ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އަހުމަދު ޝިފާން ވިދާޅުވީ ފަހުމީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގޭގައި ހުންނަވަނިކޮށް ކަމަށެވެ.

އަދި ކޯޓުގައި ތާވަލްކޮށްފައި އޮތް އަޑު އެހުމަށް މެންދުރު ފަހު 2:00 ޖަހާ އިރު ފަހުމީ ކޯޓަށް ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.