Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

5 އިންސައްތައަށް ވުރެ ކޮވިޑް ކޭސްތައް މަތި ރަށްތައް އާންމުކޮށްފި

ވިލިނގިލީ ކޮވިޑް ފެސިލިޓީ - ފޮޓޯ: ފޭސްބުކް

ފަސް އިންސައްތައަށް ވުރެ ކޮވިޑް ކޭސްތައް މަތި ރަށްރަށް އެޗްޕީއޭއިން އާންމުކޮށްފިއެވެ.

އެޗްޕީއޭއިން ރޭ އިއުލާނު ކޮށްފައިވާ ލިސްޓުގައި ވާގޮތުން މާލެ ސަރަހައްދު ނުހިމެނޭގޮތަށް ހަ ރަށެއްގައި ހުރީ ކޮވިޑް ކޭސްތައް ފަސް އިންސައްތައަށް ވުރެއް މަތީގައެވެ.

އެރަށްރަށަކީ ޅ. ނައިފަރާއި ބ. މާޅޮސް، ތ. ވޭމަންޑޫ، ކ. ހުރާ، ކ، ދިއްފުށި އަދި އދ. މާމިނގިއްޔެވެ.

ކޮވިޑް ވެކްސިނަށް ފަހު ކަރަންޓީންނުވެ ރަށްރަށަށް ދެވޭގޮތަށް އެޗްޕީއޭއިން ހަދާފައިވާއިރު އެ އުސޫލުގައިވާގޮތުން އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ އެ ރަށަކަށް ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ ކަމަަށެވެ. އަދި އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ހަމަވެފައިނުވާ ރަށްްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ދެ ހަފުތާ ވެފައިވާ މީހުނަށް ކަރަންޓީނާ ނުލައި ދެވޭނެ އެވެ.

އެޗްޕީއޭގެ އުސޫލުގައި ބުނެފައިވަނީ ރަށެއްގައި ބަލި އުޅޭ ނިސްބަތް ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރު ނެގެޓިވް ރެޒަލްޓެއް ބޭނުންވާނެ ކަމަށާއި ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން ދަތުރުކުރަން ޖެހޭނަމަ، ޕީސީއާރު ނެގެޓިވް ރިޒަލްޓެއް ބޭނުންވާނެ ކަމަށެވެ.