Last Updated: June 30, 17:49
Tuesday, June 30, 2026
ޚަބަރު

ކޮވިޑްގައި އިތުރު މަރެއް، ޖުމުލަ އަދަދު 71 ކަށް!

ލ.ގަމުގައި ހަދާފައިވާ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީ

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ރޭ 11:25 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

އެގޮތުން މަރުވެފައިވަނީ 80 އަހަރުގެ ފިރިހެނެއްކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ. މިއީ މިބަލީގައި މަރުވި 71 ވަނަ މީހާއެވެ.

ރައްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 26،505 އަށް އަރާފައެވެ. މި ބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 23،691 ގައެވެ.