Last Updated: July 11, 12:07
Saturday, July 11, 2026
ޚަބަރު

ލޯޖެހި އަހުމަދު މަނިކު އަވަހާރަވެއްޖެ

މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު މަނިކު (ލޯޖެހި އަހުމަދު މަނިކު) މިއަދު އަވަހާރަވެއްޖެ އެވެ.

އަހުމަދު މަނިކު އަވާހަރަވެފައިވަނީ އިންޑިއާގެ ބެންގަލޯރުގެ މަނިޕާލަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު އިރުއޮއްސުނު ވަގުތުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ.

ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ޚާއްޞަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ލޯޖެހި އަޙްމަދުމަނިކަކީ، ވަރަށްކުރީ ސަފުގައި ގުނާލެވޭ ބޭފުޅެކެވެ.

ލޯޖެހި އަޙްމަދުމަނިކަކީ ވިޔަފާރީގެ ދާއިރާގެ އިތުރުން، ގަލޮޅު އަވަށުގެވެސް ވަރަށް އިސް ބޭފުޅެކެވެ. އަވަށު ފެންވަރުގައާއި ޤައުމީ ފެންވަރުގައި ކުރެވޭ ގިނަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ހިލޭސާބަހަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދެވި ބޭފުޅެކެވެ.

ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އެއް ކްލަބް، ވިކްޓްރީ ސްޕޯޓްސް ކްލަބް ހިންގެވުމުގައިވެސް ލޯޖެހި އަޙްމަދު މަނިކަކީ، ވަރަށް އިސް ދައުރެއް އަދާކުރެއްވި އަދި އެކްލަބަށް ބޮޑެތި ޤުރްބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެކެވެ.

ލޯޖެހި އަހުމަދު މަނިކަށް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގެންފައެވެ.