Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު ކޮވިޑު ވެކްސިން

60 އަހަރުން މަތީ މީހުންނަށް ފައިޒާ ވެކްސިން ޖަހަނީ

ނައިބު ރައީސް ވެކްސިން ޖައްސަވަނީ - ފޮޓޯ: ރައީސް އޮފީސް

އުމުރުން 60 އަހަރުން މަތީގެ މީހުނަށް ފައިޒާ ވެކްސިން ޖަހުމުގެ ފުރުސަތު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހުޅުވާލައިފިއެވެ.

އެޗްޕީއޭއިން ފައިޒާ ވެކްސިން އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ ހާއްސަ ހާލަތްތަކުގައި ތިބި ފަރާތްތަކަށް އެކަންޏެވެ.

އެހެންނަމަވެސް އެޗްޕީއޭއިން ރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެފަދަ ފަރާތްތަކުގެ އިތުރުން 60 އަހަރުން މަތީގެ ފަރާތްތަކަށްވެސް ވެކްސިން ދިނުމަށް އެޗްޕީއޭއިން ނިންމާފައިވާ ކަމަށެވެ.

އަދި ފައިޒާ ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ. އެޗްޕީއޭއިން ބުނެފައިވަނި ފައިޒަރ ވެކްސިންގެ ލިބިފައިވަނީ މަދު ސްޓޮކެއް ކަމަށް ވާތީ، ވެކްސިން ދެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ދީގެން، ރަޖިސްޓްރީ ކޮށްފައިވާ ތަރުތީބުން ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 285،562 މީހުނ ްކޮވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. އަދި 56،817 މީހުން ދެވަނަ ޑޯޒް ޖަހާފައިވެއެވެ.