Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

350 ފޯމެއްގެ އިނގިލީގެ ނިޝާން ސައްހަތޯ ބަލައިފި

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ވޯޓުލާން ރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން އިނގިލީގެ ނިޝާން ޞައްޙަކަން ދެނެގަތުމަށް ހުށަހެޅި 350 ފޯމުގެ ޞައްޙަތޯ ބެލުމުގެ މަސައްކަތް ފުލުހުން ކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްެރޭޝަން (ޑީއެންއާރް) އިން ފުލުހުންނަށް ހުށަހަޅައިގެން 350 ފޯމު ޞައްޙަކަން ދެނެގަތުމުގެ މަސައްކަތް ކޮށްފައިވަނީ ކަމުގެ ތަޖުރިބާކާރުންނެވެ.

މި ފޯމުތަކުގެ ޞައްޙަކަން ދެނެގަތުމަށް ފުލުހުން 3 ގަޑިއިރަށްވުރެ ގިނަ ވަގުތު ވަނީ ހޭދަކޮށްފަ އެވެ.

މި ފޯމުތަކުގެ ޞައްޙަކަން ބެލުމަށް ފަހު އެ ނަތީޖާ ޙަވާލު ކުރުމަށް ހަމަޖެހިފައި ވަނީ ޑީއެންއާރާ އެވެ.