ލ. ގަމާއި ލ. ފޮނަދޫ މޮނިޓަރިންގެ ހާލަަތަށް ގެނެސްފިއެވެ.
އެޗްޕީއޭ އިން ބުނެފައިވަނީ އެ ދެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މާންދޫއިން ޕޮޒިޓިވްވި މީހުންނާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ކަމަށެވެ.
މާންދޫ އިން އިއްޔެ ކޮވިޑް-19 އަށް ވަނީ 8 މީހުން ޕޮޒިޓިވް ވެފައެވެ.
އިއްޔަ ރާއްޖޭގައި ވަނީ ކޮވިޑް ކޭސްތައް ރިކޯޑް އަދަދަކަށް މަތިވެފައެވެ. އެގޮތުން އިއްޔެ 319 މީހަކު ޕޮޒިޓިވްވިއިރު، އޭގެތެރެއިން 108 މީހުން ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން 182 ކޭސް ފެނިފައިވާއިރު، 21 ކޭސް ރިސޯޓުތަކުން ވެސް ވަނީ ފެނިފައެވެ.