ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައިވަނީ ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް ފެންނަމުންދާ މިންވަރު އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރައީސް އޮފީހާއި އެޗްޕީއޭ ޓެގް ކުރައްވާ ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވާލާކަމަށް ވިދާޅުވެފައެވެ.
The current surge in Covid infections in Maldives is quite alarming. I call on the authorities to take more stringent measures to control this pandemic. @presidencymv @HPA_MV
— Maumoon Abdul Gayoom (@maumoonagayoom) April 24, 2021
ރާއްޖެއިން އިއްޔެވެސް ވަނީ 319 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 108 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަތޮޅުތެރެއިން 182 ކޭސް ފެނިފައިވާއިރު، 21 ކޭސް ރިސޯޓުތަކުން ވެސް ވަނީ ފެނިފައެވެ. ބާކީ 8 ކޭސް ފެނިފައިވަނީ އިންޑަސްޓްރިއަލް ސައިޓުތަކުންނެވެ.
ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 3207 ކޭސް އެވެ. މި ބަލިން 24،116 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 98 މީހަކަށެވެ. މި ބަލީގައި 71 މީހަކު ވަނީ ނިޔާވެފައެވެ.