ކ. ދިއްފުށީ ގޮނޑުދޮށުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.
ހަށިގަނޑު ފެނިފައި ވަނީ ދިއްފުށީގައި ހިންގާ އައިސްޕްލާންޓާއި ދިމާލު ގޮނޑުދޮށުން ކަމަށް މައުލޫމާތުލިބެއެވެ.
ފުލުހުންނަށް މި ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 13:15 އެހާކަށްހާއިރު ކަމަށް މައުލޫމާތު ދީފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮށްވާ ފެނިފައިވަނީ އިންޑިއާ ރައްޔިތެކެވެ.
މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.