Last Updated: June 8, 10:34
Monday, June 8, 2026
މީހުން

ސުއޫދު އެމްޑީޕީން ވަކިވެވަޑައިގެންފި

ބާތިލް ކުރި ރިޔާސީ އިންތިހާބާ ގުޅިގެން އިލެކްޝަން ކޮމިޝަން (އީސީ) ގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ސްޕްރީމް ކޯޓުން ސަސްޕެންޑް ކުރުމުން އެމްޑީޕީ އާ ގުޅިވަޑައިގަތް ކުރީގެ ބަންޑާރަނައިބް ހުސްނުއް ސުއޫދު އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

ސުއޫދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އޭނާ އެމްޑީޕީން ވަކިވެވަޑައިގެންނެވީ އީސީން އޭނާގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވާތީ ކަމަށެވެ.

ސުއޫދު އެމްޑީޕީން ވަކިވެވަޑައިގެންފައިވާ ކަމަށް މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ އިރު، އިއްޔެ ސުއޫދު ވަނީ އެމްޑީޕީއަށް އަމާޒުކޮށް ފާޑު ވިދާޅުވެ ޓްވީޓެއް ކުރައްވާފަ އެވެ.

ސުއޫދު ފާޑު ވިދާޅުވެ ޓްވީޓް ކުރައްވާފައި މިވަނީ އެމްޑީޕީގެ މެންބަރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެންނެވެ.

ސުއޫދު އެމްޑީޕީއަށް ސޮއިކުރެއްވީ މިދޔަ މަހުގެ 24 ވަނަ ދުވަހު އެވެ.