Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

ހޯމް މިނިސްޓަރު އިމްރާން މިއަދު އައްޑޫއަށް ވަޑައިގަންނަވަނީ

މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: މަޖިލިސް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ހަވީރު އައްޑޫސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު އިމްރާން އައްޑޫސިޓީއަށް ކުރައްވާ ޒިޔާރަތަކީ ޕޮލިސް އެކެޑެމީގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި މިނިސްޓަރު އިމްރާންގެ އަރިހުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުالله މަންނާނު ޔޫސުފް އަދި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ބައިވެރިވެވަޑައިގަންނަވައެވެ.

މިނިސްޓަރު އިމްރާން މިދިޔަ މާޗް މަހު ވިދާޅުވެފައިވަނީ މިއަހަރުގެ ފަހުކޮޅު އައްޑޫގައި އިމާރާތް ކުރަމުންދާ ޕޮލިސް އެކެޑެމީގައި ފުލުހުން ތަމްރީނުކުރަން ފަށާނެ ކަމަށެވެ.

އިންޑިއާގެ އެހީގައި އިމާރާތް ކުރަމުންދާ ޕޮލިސް އެކެޑެމީގެ 89 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު ރޯހިތް ރާތިޝް ދާދިފަހުން ވިދާޅުވެފައެވެ.