Last Updated: June 30, 13:50
Tuesday, June 30, 2026
ޚަބަރު

ބުދަ ދުވަހާއި ހަމައަށް މަސްގަތުން ކޮންޓްރޯލް ކޮށްފި

މަސްވެރިކަން ކުރާ ދޯންޏެއް- ފޮޓޯ: މިފްކޯ

ގަނޑު ކުރެވޭ ރޭޓަށް ވުރެ އިތުރަށް މަސް ލިބެމުންދާތީ ބުދަ ދުވަހުގެ ނިޔަލަށް މަސް ކިރާނީ ކޮންޓްރޯލް ކޮށްގެން ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާއި ހިލާފަށް ރަގަޅުވެ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދޯނިފަހަރު އެއްފަހަރާ ދެކުނުގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވުމަށް އަންނަމުންދާތީ، މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސްކިރުވުމަށް ދަތިތަކެއް ދިމާވެފައިވާކަމަށެވެ.

އެހެންކަމުން މިހާރު ކިޔުގައި ހުރި ދޯނިފަހަރުގެ މަސްކިރާއި، ފްރީޒްކުރުމަށް ވަގުތު ބޭނުންވާތީ 25 އެޕްރީލް އިން 28 އެޕްރީލް 2011 ދުވަހުގެ ނިޔަލަށް ދޯންޏަކުން 4 ޓަނުގެ މަސް ކިރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މިފްކޯގެ ބަޔާނުގައިވެއެވެ. އަދި މިގޮތަށް ހަމަޖެއްސި ކަމުގައި ވީނަމަވެސް ކޫއްޑޫ އާއި އައްޑޫ ގައި މިހާރު ކިޔާ ނަމްބަރު ދެވިފައިހުރި ދޯނިފަހަރުގައި ހުރި މަސް ކޮންޓްރޯލް ކުރުމެއްނެތި ގަންނަގޮތަށް ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ.

މިފްކޯއިން ބުނެފައިވަނީ މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަންނަކަމަށާއި، ކުންފުނިން ދޭ ހިދުމަތަކީ މަސްވެރިންނަށް ފަސޭހަ ހިދުމަތަކަށް ހެދުމަށް މަސައްކަތް ކުރާކަމަށެވެ.