Last Updated: June 30, 13:50
Tuesday, June 30, 2026
ޚަބަރު

ގަރާޖު ސިޓީއާ ނުލާ ވެހިކަލް ރަޖިސްޓްރީކުރެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި

ފޮޓޯ: ނިޝާން އަލީ/މިހާރު

ގަރާޖު ސިޓީއާ ނުރާ ވެހިކަލްތައް ރަޖިސްޓްރީ ކުރެވޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ފާސްކޮށްފިއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ކޮމިޓީން ގެނެސްފައިވާ އިސްލާހުގައި ވަނީ، އެއްގަމު އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫޏްވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމުވެގެންނުވާކަމަށެވެ.

އަދި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަނޑު ބާއްވާނެކަމުގެ ލިޔުން ހުށަހެޅުންވެސް ލާޒިމު ނޫންކަމަށް އިސްލާހުގައިވެއެވެ.

ކޮމިޓީން މިގޮތަށް މިއިސްލާހު ގެނެސްފައިވަނީ ބައެއް ފަރާތްތަކުން ބޮޑު އަގުގައި ގަރާޖު ލިޔުން ވިއްކަމުން ގެންދާ މައްސަލައަށް ހައްލެއް ގެންނަންޖެހޭކަމަށާއި، އެކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ގެނައުން މުހިންމު ކަމަށް ކޮމިޓީއަށް ގަބޫލުކުރެވުމުންނެވެ.