Last Updated: June 8, 10:34
Monday, June 8, 2026
މީހުން

އިލްޔާސް ކިޔަވާ ވިދާޅުވާން މެލޭޝިއާ އަށް

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޝެއިހް އިލްޔާސް ހުސައިން ކިޔަވާ ވިދާޅުވާ މެލޭޝިއާ އަށް ވަޑައިގެންފި އެވެ.

އެނގިފައިވާ ގޮތުގައި ޝެއިހް އިލްޔާސް މާސްޓަ ޑިގްރީ ހައްދަވަނީ މެލޭޝިއާގެ އަލް-މަދީނާ އިންޓަނެޝަނަލް ޔުނިވަސިޓީންނެވެ.

ސ. ހިތަދު އަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިހް އިލްޔާސްއަކީ ރާއްޖޭގައި މިހާރު ތިއްބެވި ދީނީ އިލްމުވެރިންގެ ތެރެއިން ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

އެެހެން ނަމަވެސް އޭނާ ސިޔާސީ ޕޯޑިއަމްތަކުގައި ސިޔާސީ ވާހަކަ ދައްކަވާތީ، ވަރަށް ގިނަ ބައެއްގެ ފާޑު ކިއުންތަކެއް އަމާޒުވެފައިވެ އެވެ.