Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

އިދިކޮޅުން "ދޭތިން އެކައްޗަށް" ނިކުންނަނީ

އިދިކޮޅުން ބޭއްވި އެއްވުމެއްގެ ތެރެއިން - ފޮޓޯ: ވަން އޮންލައިން

ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން އިދިކޮޅުން "ދޭތިން އެކައްޗަށް" ގެ ނަމުގައި މުޒަހާރައެއް ކުރަން ނިންމައިފިއެވެ.

އެގޮތުން މި މުޒާހަރާ ކުރުމަށް ނިންމާފައިވަނީ މާދަމާ ރޭ 9:30 ގައި ޕީޕީއެމްގެ އޮފީސް ކުރިމަތިންނެވެ. މިއީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުޒާހަރާއެކެވެ.

މިއީ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދުމުން އެކަމަށް ސަރުކާރުން ބީރުކަންފަތެއް ދިނުމާ ގުޅިގެން ކުރާ މުޒާހަރާއެއް ކަމަށް އިދިކޮޅުން ބުނެއެވެ.

ޔާމީން ގެޔަށް ބަދަލުކޮށްދިނުމަށް އެދި އާއިލާ އަދި އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.

އެގޮތުން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ރައީސް ޔާމީން ގެޔަށް ބަދަލުކުރުމާ ގުޅޭގިޮތުން މަޝްވަރާތައް ކުރިއަށްދާކަން ހާމަކުރައްވާފައެެވެ. އަދި ރައީސް ޔާމީނަށް ދެރަގޮތެއް ނުވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ މައްޗަށް މިހާރު ވެސް އަންނަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ މައްސަލައެއްގައި ދައުވާ ކުރަމުންނެވެ. އެގޮތަށް ފުށްގިރި މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ ރައިސް ޔާމީންގެ މައްޗަށް އުފުލާފައިވެއެވެ.