Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

ފުލުހުންގެ އިސްތިއުނާފު ކޮމިޓީއަށް 5 ބޭފުޅުން އައްޔަނު ކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތުގެ އިސްތިއުނާފު ކޮމިޓީ އެކުލަވާލާ އެ ކޮމިޓީއަށް ފަސް ބޭފުޅުން އައްޔަނުކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނެފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫޏުގެ 89 ވަނަ މާއްދާގެ (ހ)ގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުގެ "އިސްތިއުނާފު ކޮމިޓީއަށް" ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފަސް ބޭފުޅުން އައްޔަނުކޮށްފައިވާކަމަށެވެ.

އެގޮތުން އައްޔަނު ކޮށްފައިވާ ފަސް ބޭފުޅުންނަކީ، ރިޓަޔާޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ސާދިޤު، އަލްއުސްތާޛު އަޒްމީން ރަޝީދު، ފާތިމަތު ލީނާ، އަލްއުސްތާޛާ މިންނާ ނާފިޛް އަދި އަލްއުސްތާޛު އަހްމަދު ޝިހާދުއެވެ.

ފުލުހުންގެ އިސްތިއުނާފު ކޮމިޓީއަކީ، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި އޮންނަ ކޮމިޓީއެކެވެ.