Last Updated: June 30, 13:50
Tuesday, June 30, 2026
ޚަބަރު

ދަނގެތީ މިސްކިތުގައި ބަހައްޓާފައިހުރި ފަންޑު ފޮށްޓެއް ވަގަށް ނަގައިފި

އދ. ދަނގެތި--

އދ. ދަނގެތީ މިސްކިތުގަިއ ބަހައްޓާފައިހުރި ފަންޑު ފޮށްޓެއް ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނެފައިވަނީ، ދަނގެތީ މިސްކިތުގައި ބަހައްޓާފައިހުރި ފަންޑު ފޮށްޓެއް ވަގަށް ނަގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 21:15 ހާއިރު ކަމަށެވެ.

ވަގަށް ނަގާފައިވާ ފަންޑު ފޮށި ފަޅާލުމަށްފަހު އެރަށު ގޯއްޗެއްގެ ތެރެއަށް އެއްލާލާފައި އޮށްވާ ފެނިފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން މީހަކު އަދި ހައްޔަރު ކޮށްފައި ނުވާކަމަށާއި، އެ މައްސަލަ އިތުރަށް ބަލަމުން އަންނަކަމަށެވެެ.

މައުލޫމާތު ލިބިފައިވާގޮތުގައި ވަގައްށްނެގި ފަންޑު ފޮށްޓަކީ އެ ރަށު ފަގީރު އާއިލާތަކަށް އެހީވުމަށް ރަށު ރައްޔިތުން ބަހައްޓާފައިވާ ފަންޑު ފޮށްޓެކެވެ.