އއ. އުކުޅަސް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފައިވަނީ އުކުޅަސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ނިމެންދެން ކަމަށެވެ. އެހެންނަމަވެސް އެ ރަށުގެ ހާލަތާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ދީފައެއްނުވެއެވެ.
ރާއްޖެއިން އިއްޔެ ވަނީ 328 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 167 މީހުން ޕޮޒިޓިވް ވެފައިވަނީ މާލެއިންނެވެ. އަދި 127 މީހުން ޕޮޒިޓިވް ވެފައިވަނީ އެހެން ރަށްރަށުންނެވެ. ރާއްޖޭގެ މީހުން އުޅޭ ރަށްރަށުން ގިނަ އަދަދަކަށް ކޮވިޑް ކޭސްތައް ފެންނަމުން އަންނައިރު، ބައެއް ރަށްރަށް ވަނީ މޮނިޓަރިންގެ ހާލަތަށްވެސް ގެނެފައެވެ.