Last Updated: May 2, 02:14
Thursday, May 1, 2025
ޚަބަރު

ފުވައްމުލަކު ބަނދަރުތެރެއަށް ކެރޭނެއް ވެއްޓިއްޖެ

ފުވައްމުލަކު ބަނދަރުގައި އޮތް ބޯޓަކުން ލަކުޑި ބާލަމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކެރޭނެ ފޮރޮޅާލައި ބަނދަރުގެ ތެރެއަށް ވެއްޓިއްޖެއެވެ.

މިއަދު ހެނދުނު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްްލުމެއް ލިބިފައި ނުވެއެވެ.

މި ހާދިސާގައި ފުރުޅާލި ކެރޭންގެ މައިދަގނަޑު އޮތީ ބަނދަރު ތެރެއަށް ކޮޅަށް ޖެހިފައެވެ. ފަހަތު ކޮޅު ލޮރީބަޔާއެކު ވަނީ ތޮށިގަނޑާއި ދިމާލުން މައްޗަށް އުފުލިފައެވެ.

ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނީ މިހާރު ކެރޭނު ބަނދަރުން ނަގާފައިވާ ކަމަށެވެ. ވެއްޓުނު ކެރޭނަކީ 4 ޓަނު އުފުލޭ ކެރޭނެއް ކަމަށް މައުލޫމާތު ލިބެއެވެ.