Last Updated: April 26, 17:02
Friday, April 26, 2024
ޚަބަރު ކޮވިޑު-19

ތުލުސްދޫވެސް މޮނިޓަރިންއަށް، ޖުމުލަ 23 ރަށް މޮނިޓަރިންގައި!

ކ. ތުލުސްދޫ މިނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފައިވަނީ ތުލުސްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މަަސައްކަތް ނިމެންދެން ކަމަށެވެ. މިއަދު ވަނީ އއ. އުކުޅަސްވެސް މޮނިޓަރިންގެ ހާލަަތަށް ގެނެސްފައެވެ.

މިއާއި ރާއްޖޭގެ 23 ރަށެއް މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެއީ، ކ. ދިއްފުށި، ޅ. ނައިފަރު، ޅ. ފެލިވަރު، އދ. މާމިނގިލި، ތ. ވޭމަންޑޫ، ތ. ކިނބިދޫ، ތ. އޮމަދޫ، ތ. ގާދިއްފުށި، ތ. މަޑިފުށި، އއ. ބޮޑުފޮޅުދޫ، ބ. އޭދަފުށި، ކ. ހިންމަފުށި، ތ. ތިމަރަފުށި، ކ. ގުށި، ކ. މާފުށި، އއ. މަތިވެރި، ހދ. ހަނިމާދޫ، މ. މާންދޫ، ލ. ގަން، ލ. ފޮނަދޫ، ގދ. ތިނަދޫ، އއ. އުކުޅަސް އަދި ކ ތުލުސްދޫއެވެ.

ރާއްޖެއިން އިއްޔެ ވަނީ 328 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 167 މީހުން ޕޮޒިޓިވް ވެފައިވަނީ މާލެއިންނެވެ. އަދި 127 މީހުން ޕޮޒިޓިވް ވެފައިވަނީ އެހެން ރަށްރަށުންނެވެ.