Last Updated: April 25, 17:12
Thursday, April 25, 2024
ޚަބަރު ކޮވިޑު-19

ދަނބިދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ލ. ދަނބިދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފައިވަނީ ދަނބިދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ކަމަށެވެ.

މިއާއެކު ރާއްޖޭގެ 23 ރަށެއް މިިވަގުތު ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އެއީ ޅ. ނައިފަރު، ޅ. ފެލިވަރު، އދ. މާމިނގިލި، ތ. ވޭމަންޑޫ، ތ. ކިނބިދޫ، ތ. އޮމަދޫ، ތ. ގާދިއްފުށި، ތ. މަޑިފުށި، އއ. ބޮޑުފޮޅުދޫ، ބ. އޭދަފުށި، ކ. ހިންމަފުށި، ތ. ތިމަރަފުށި، ކ. ގުށި، ކ. މާފުށި، އއ. މަތިވެރި، ހދ. ހަނިމާދޫ، މ. މާންދޫ، ލ. ގަން، ލ. ފޮނަދޫ، ގދ. ތިނަދޫ، އއ. އުކުޅަސް، ކ ތުލުސްދޫ އަދި ލ. ދަނބިދޫ އެވެ.

ރަށްރަށުން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުން އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެވެސް 386 މީހުން ޕޮޒިޓިވްވި އިރު އޭގެތެެރެއިން 198 ކޭސް ފެނިފައިވަނީ އަތޮޅުތަކުންނެވެ.