Last Updated: June 29, 19:00
Monday, June 29, 2026
ޚަބަރު

މިއުޒިކް އަޑުއަހާނެ މަރުކަޒު ހަދަން ގޮވާލާ ގަރާރަށް ސަނީފް ގެ ނުރުހުން

މެމްބަރު އަބްދުﷲ ސަނީފް--

މިއުޒިކް އަޑުއަހާނެ މަރުކަޒު ހަދަން ގޮވާލާ ގަރާރަކީ ރަނގަޅު މަގުސަދެއްގައި ހުށަހެޅި އެއްޗެއް ކަމަށް ނުދެކޭކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ޤާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ޤަރާރާއި ގުޅޭގޮތުން އިޖްތިމާއީ ކޮމިޓީން ތައްޔާރުކުރި ރިޕޯޓަށް ވާހަކަ ދައްކަވަމުން މެމްބަރު ސަނީފް ވަނީ މި ގަރާރުގެ މަފްހޫރު ރައްޔިތުންނަށް އެނގެންޖެހޭކަމަށް ވިދާޅުވެފައެވެ.

ސަނީފް ވަނީ މިފަދަ ގަރާރެއް ހުށަހެޅުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ.

"މީގެ މަފްހޫމަކީ ކޮބައިތޯ؟ ކޮންކަމަކާތޯ އަޅުގަނޑުމެން ހޭންވީ؟ އަޅުގަނޑުމެން ތަނަކަށް އެއްވެ ބޭހެއް ބޮއެގެންތޯ ހޭންވީ؟ މިއުޅެނީ މި މާލޭގައި ދިރި ނޫޅެވިގެންނޭ." ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ ހެވިފައި ތިބެވޭނީ ރާއްޖޭގެ ތެރޭގެ ރަށްތައް ތަރައްގީކޮށް މާލެއަށް އޮތް ތޮށްޖެހުން ނިމުމަކަށް ގެނެސްގެން ކަމަށެވެ. ސަނީފް ވިދާޅުވީ ހަސަން ލަތީފްގެ ގަރާރަކީ ރަނގަޅު މަގްސަދެއްގައި އަދި ރަނގަޅު ނިޔަތެއްގައި ހުށަހަޅާފައިވާ ގަރާރެއްކަމަށް ނުދެކޭކަމަށެވެ.

ހަސަން ލަތީފްގެ ގަރާރުގެ އަސްލު ވިސްނުން ހުރިގޮތް އަދި ވެސް މަޖިލީހަށް ސާފުނުވާކަން ފާހަގަކޮށް ސަނީފް ވިދާޅުވީ އެ ގަރާރު ފާސްކުރަން ވޯޓު ނުދޭނެކަމަށެވެ.