ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށެވެ. އަދި މަޖިލިސް ގަވައިދުގައިވާ ގޮތުން ފަހު ޖަލްސާ ބާއްވަން ޖެހެނީ އެދައުރުގައި އަންނަ އެންމެ ފަހު ބްރާސްފަތި ނުވަތަ ހޯމަ ދުވަހުއެވެ.
މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ މާދަމާއަށް ތާވަލުކޮށްފައިވަނީ 10:30 އަށެވެ.
މިހާރު މަޖިލީހުގައި ކުރިއަށްދަނީ ކޮމިޓީތަކުން ނިންމާފައި ހުރި މަސައްކަތްތައް މަޖިލީހުގެ ތަޅުމުން ފާސްކުރުމުގެ މަސައްކަތެވެ.