Last Updated: May 11, 10:15
Saturday, May 11, 2024
ޚަބަރު

ކޮވިޑުގައި މިއަދު ދެވަނަ މަރު، ޖުމްލަ 73

ދަރުމަވަންތަ ހޮސްޕިޓަލް - ފޮޓޯ: މުހައްމަދު އަފްރާހް (ސަން)

ރާއްޖެއިން މިއަދު ކޮވިޑު ބަލީގައި އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓު ކޮށް ފަރުވާ ދެމުން ދިޔަ 50 އަހަރުގެ އިންޑިއާގެ މީހަކު މަރުވެފައިވާކަމަށެވެ.

މިއީ މިއަދު ރާއްޖެއިން ކޮވިޑުގައި މަރުވި ދެވަނަ މީހާއެވެ. މިއަދު މެންދުރު 1:13 ހާއިރު ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ ދިވެހި އަންހެނެކެވެ.

ރާއްޖެއިން މިހާތަނަށް 73 މީހުން ކޮވިޑުގައި މަރުވެފައިވާ އިރު 28،000 އަށް ވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިްވެފައެވެ. މިހާރުވެސް 4000އަށް ވުރެ ގިނަ އެކްޓިވް ކޭސް ހުރިކަމަށް އެޗްޕީއޭއިން ބުނެއެވެ.